ގަވާއިދު ކޮމިޓީ

2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

16 ޖޫން 2020 10:00 ނަންބަރު 10

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު"، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ގަވާއިދާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކޮމިޓީއާ ބައްދަލުކުރެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންފާއިވާތީ، ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑިޝަލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މި ކޮމިޓީއަށް ފޮނުއްވާފައިވާ ނަންބަރު 30-D/57/2020/12 (12 މޭ 2020) ސިޓީގައި، މޭ މަހުގެ ތެރޭގައި ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލައްވައި ނިންމަވަންޖެހޭކަމަށް ފާހަގަކުރެއްވޭ ހުރިހާ ގަވާއިދެއް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާކަމަށް ބަޔާންކޮށްފައިވާތީ، އެކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެ މިނިސްޓްރީއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 އޭޕްރީލު 2020

"ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު"، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

11 ފެބްރުއަރީ 2020

ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ، އެ މައްސަލަ ބެއްލެވުން.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA