ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

17 ޖޫން 2020 14:30

ނަންބަރު

11

2020 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު"، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑިޝަލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް 20 ފެބްރުއަރީ 2020 ގައި ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނު 132 ވަނަ މާއްދާގެ ދަށުން ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އުވާލާފައިވާތީ، ޤާނޫނު ނަންބަރު 91/9 އިން ބާރު ލިބިގެން އެކުލަވާލައި 13 ޖަނަވަރީ 2019 ގައި ޢަމަލުކުރަމުން އައި "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު" ގެ ޤާނޫނީ ބާރު ކެނޑިފައިވާތީ، ކުޑަކުދިންގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން އެބޭފުޅުން މެންބަރުންނަށް މަޢުލޫމާތު ދެއްވިއެވެ. އިސްވެ ދެންނެވި ނުކުތާތަކާމެދު މަޝްވަރާކުރުމަށްފަހު، ކޮމިޓީގެ މެންބަރުންގެ މެދުގައި އެއްބަސްވެވިފައިވަނީ، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނޫ) އަކީ ބެލެނިވެރިކަމުގެ ޤާނޫނެއް ނެތި ޢަމަލުކުރަމުންދިޔަ ބައެއް ގަވާއިދުތަކަށް ބެލެނިވެރިކަންދީ، އެ ގަވާއިދުތަކާ ގުޅުންހުރި ޤާނޫނުތައް ވުޖޫދަށް އަންނަންދެން ވަގުތީ ޙައްލެއް ހޯދުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ޤާނޫނެއްކަމާއި، ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ގެ ދަށުން "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު" އުވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައިވާ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން އެ ގަވާއިދަށް ބެލެނިވެރިކަން ދީފައިވާކަމަށް ގަވާއިދު ކޮމިޓީއަށް ޤަބޫލުކުރެވޭތީ، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު" ހިމެނުމަށް ނުފެންނަކަމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA