ގަވާއިދު ކޮމިޓީ

2020 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

24 ޖޫން 2020 11:00 ނަންބަރު 13

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ކުޑަކުދިންގެ އަދުލުގެ ގަވާއިދު" ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮމިޓީއިން ނިންމަވާފައިވަނީ 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މަޤްޞަދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޖުވެނައިލް ކޯޓުން އެކުލަވާލައި، ކޮމިޓީއަށް ފޮނުއްވާފައިވާ "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު" ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި ހިމެނުމަށެވެ. އެއަށްފަހު "ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދު" ކޮމިޓީއިން ދިރާސާކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2020

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

16 އޭޕްރީލު 2020

"ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު"، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA