ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

1 ޖުލައި 2020 14:00

ނަންބަރު

14

2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދު" ކޮމިޓީއިން ދިރާސާކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. އެގޮތުން ގަވާއިދެއްގެ ދަށުން ޖޫރުމަނާ ކަނޑައެޅިފައިވާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ގަވާއިދު އިޞްލާޙުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނާތީ، މި މައްސަލައާ މެދު އިތުރަށް މަޝްވަރާތަކެއްކުރުމަށްފަހު ގޮތެއް ކަނޑައެޅުމަށް ކޮމިޓީން ނިންމެވިއެވެ. އަށްފަހު، އެހެނިހެންގެ ތެރެއިން، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިވާ ނުވާ މައްސަލައެއް ކުރީގައި ކޮމިޓީގައި ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެކަމާ ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤާނޫނުތަކުގެ ތެރެއިން ހަދާފައިވާ ނުވާ ގަވާއިދުތަކަކީ ކޮބާކަމާއި، މުޅި ޖުމްލަ ހަދަންޖެހޭ ގަވާއިދުތަކުގެ އަދަދު ސާފުކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ސިޓީއަކުން ދެންނެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA