ލާމަރުކަޒީ ކޮމިޓީ

ލާމަރުކަޒީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

11 މާރިޗު 2020 12:35 ނަންބަރު 6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ފާހަގަކޮށް އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ ބައްލަވާފައި ފިޔަވަޅުތަކެއް އަޅުއްވާފައިވާނަމަ އެކަމުގެ މަޢުލޫމާތު ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އެއަށްފަހު ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ޢަބްދުލްޢަޒީޒް އިބްރާހީމް / ބަދޭސަބާ، އދ. ދިއްދޫ ފޮނުއްވާފައިވާ ސިޓީ އާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ޤާނޫނު އިސްލާޙުކުރައްވާފައިވަނީ ރައްޔިތުންގެ މަޝްވަރާގެ މަތިންކަމާއި އެ އިސްލާޙުތަކާ ގުޅޭގޮތުން ކޮމިޓީން ވަރަށް ފުޅާ ދާއިރާއެއްގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށް ބަޔާންކޮށް އެފަރާތަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. ދެން ކައުންސިލްތަކުން ބިން ކުއްޔަށްދިނުމުގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙުގެނައުމުގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2018/R-69 (ދިރިއުޅުމުގެ ބޭނުންނޫން އެހެން ބޭނުންތަކަށް ބިންދޫކުރުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާޙުގެނައުމުގެ ގަވާއިދުގައިވާ ފުށުއެރުންތަކުގައި ޢަމަލުކުރަންވީ ގޮތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއެކު ބޭއްވުނު ބައްދަލުވުމުގައި އެ އިދާރާތަކުން ދެއްވި މަޢުލޫމާތަށް ރިޢާޔަތްކޮށް އެ ސިޓީއަށް ޖަވާބު ދެއްވުމަށް ނިންމެވިއެވެ. އަދި އދ. އޮމަދޫ އިން އުޞޫލުތަކާ ހަމަތަކާ ޚިލާފަށް 103 ގޯތި ދޫކޮށްފައިވާކަމަށް ބަޔާންކޮށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށަހަޅާފައިވާ މައްސަލައަކީ ކޯޓު މަރުޙަލާގައި އޮތް މައްސަލައަކަށްވާތީ، ކޮމިޓީއަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫންކަމަށް ނިންމެވިއެވެ. އެއަށްފަހު ހުޅުމާލޭ އަތޮޅު ފިހާރަތަކުގެ ތެރޭގައި ހުންނަ އާއްމު ފާޚާނާބަރީގެ ޚިދުމަތް ނުލިބި ގިނަދުވަސްތަކެއްވެފައިވާތީ ޙުސައިން އާދަމް /ހުޅުމާލެ ފްލެޓް ނަންބަރު: 63-01-04 ފޮނުއްވާފައިވާ މައްސަލަ އަކީ ވެސް ކޯޓު މަރުޙަލާގައި އޮތް މައްސަލައަކަށްވާތީ، ކޮމިޓީއަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫންކަމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 ފެބްރުއަރީ 2020

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ފާހަގަކޮށް އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުން އެދި އެ ކައުންސިލުން ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

12 ފެބްރުއަރީ 2020

އދ. އޮމަދޫ އިން އުޞޫލުތަކާ ހަމަތަކާ ޚިލާފަށް 103 ގޯތި ދޫކޮށްފައިވާކަމަށް ބަޔާންކޮށް މުޙައްމަދު ޙުސައިން/ އަތަމާގެ، އދ. އޮމަދޫ ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 ނޮވެމްބަރު 2019

އަބްދުލްއަޒީޒު އިބްރާހިމް/ބަދޭސަބާ/އދހ.ދިއްދޫ ހުށަހަޅުއްވާފާއިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2019

ޙުސައިން އާދަމް / ހުޅުމާލެ ފްލެޓް ނަންބަރު: 63-01-04 ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA