ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

6 ޖުލައި 2020 14:00

ނަންބަރު

38

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުންދާ މައްސަލަތައް ކުރިއަށްދާގޮތާއި، އެ މައްސަލަތައް ނިންމަވާނެ ތާރީޚްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެ ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި ސުވާލުކުރެއްވިއެވެ. އެ ކޮމިޝަނުގެ ރައީސާ އަލްފާޟިލް މަރިޔަމް ޝިއުނާ ހާމަކުރެއްވި ކޮމިޝަނުން ބަލަމުންދާ އެއްވެސް ކުންފުންޏެއްގެ މައްސަލައަކާއި ގުޅިގެން އެއްވެސް ޕްރޮޖެކްޓް އެއް ހުއްޓުވައިފައި ނުވާނެކަމަށް ހާމަކުރެއްވިއެވެ. ހާމަކުރެއްވި ނުކުތާތައް 1. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޢިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓަރމިނަލް މިނިސްޓްރީ އޮފް ފިނޭންސްއިން އިރުޝާދު ދެއްވާފައިވާގޮތަށް ކުއްޔަށްދޫކުރުމާ ގުޅޭގޮތުން އެ ކުންފުނިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ލަފައަކަށް އެދިވަޑައިގެންފައިވާތީ، އެ މައްސަލައިގައި މިނިސްޓްރީ އޮފް ފިނޭންސްއިން އިރުޝާދު ދެއްވާފައިވާގޮތަށް ކުންފުނިން ކުރިއަށް ގެންދެވިޔަސް އެންމެ ރަނގަޅު ކަމުގައި ހާމަކުރައްވައިފައިވާނެކަން ވިދާޅުވިއެވެ. އަދި ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ 4 މައްސަލަ އޮންގޮއިން މަރުޙަލައިގައި ވާއިރު 5 މައްސަލަ އިވެލުއޭޝަނުގައި ކަމަށް ހާމަކުރެއްވިއެވެ. 2. މޯލްޑިވްސް ގޭސްއާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ޖުމްލަ ޢަދަދު 13 ކަމަށާއި އަދި 3 މައްސަލަ ވަނީ އިވެލުއޭޝަން މަރުޙަލައިގައި ކަމަށްވެސް ކޮމިޝަނުގެ ރައީސް ހާމަކުރެއްވިއެވެ. 3. އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޖުމްލަ 13 މައްސަލަ ހުށަހެޅިފައިވާކަމަށާއި ،8 މައްސަލަ ވަނީ އިވެލުއޭޝަން އަދި 8 މައްސަލަ ވަނީ ވަނީ ތަޙްޤީޤީ މަރުޙަލައިގައި ކަމަށް ހާމަކުރެއްވިއެވެ. 4. 18 މާރިޗު 2020 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެޑިކަލް ކޮންސިއުމަބްލްސްއާ ގުޅޭ މައްސަލަ ބައްލަވައިދެއްވުން އެދިވަޑައިގެން މި ކޮމިޓީއިން ފޮނުއްވާފައިވާތީ، އެ މައްސަލަ އޯގަސްޓް މަސް ނިމެންވާއިރަށް ނިމޭނެމަށް ކޮމިޝަނުގެ ރައީސް ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ނަން މަޤާމް 1. އަލްފާޟިލާ މަރިޔަމް ޝިއުނާ ކޮމިޝަނުގެ ރައީސް 2. އަލްފާޟިލާ ފާތިމަތު އަނޫލާ ކޮމިޝަނުގެ ނައިބު ރައީސް 3. އަލްފާޟިލް ޢަލީ އަޝްރަފް ކޮމިޝަނުގެ މެންބަރު 4. އަލްފާޟިލް އިބްރާހީމް ޝަކީލް ކޮމިޝަނުގެ މެންބަރު 5. އަލްފާޟިލާ ޢާއިޝަތު ޢަބްދުﷲ ކޮމިޝަނުގެ މެންބަރު 6. އަލްފާޟިލް ޙަސަން މަނިކު ޑެޕިއުޓީ ޑިރެކްޓަރ، ބިއުރޯ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA