ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

8 ޖުލައި 2020 14:00

ނަންބަރު

32

2020 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގޮސްފައިވަނީ، ހދ. ނޭކުރަންދޫގެ ކަނޑޫފާ މަރުވަމުންދާ މައްސަލަ މަކުނުދޫ ދާއިރާގެ މެންބަރު މުޙަންމަދު ރާޢީ ކޮމިޓީއަށް ހުށަހެޅުމެވެ. ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ގޮތުން ފެނަކަ، ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީ ގެ ބޭފުޅުންނާއި ބައްދަލުކުރުމެވެ. ތިންވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ މައްސަލަ ކޮމިޓީއިން ދިރާސާކުރައްވައި ނިންމިގޮތުގެ ރިޕޯޓް ފާސްކުރުމެވެ. އެގޮތުން މިއަދުގެ ބައްދަލުވުމަށް ވަޑައިގެން ވޯޓުގައި ބައިވެރވި މެންބަރުންގެ އިއްތިފާޤުން މި ރިޕޯޓް ވަނީ ފާސްކޮށްފެއެވެ. ފަހު ކަމަކަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ކޮމިޓީއިން ދިރާސާކުރައްވަމުން ގެންދަވާ "މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލް" އާއި " ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ބިލުގެ ސުންގަޑި އިތުރު ކުރުމެވެ. އެ ގޮތުން މި ދެބިލުގެ ސުންގަޑި 31 އޯގަސްޓް 2020 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA