ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

8 ޖުލައި 2020 14:00 ނަންބަރު 39

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި،ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ) ގެ ދަށުން އުފައްދަވާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ޤާނޫނުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލްކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް، އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު މަޚްލޫފް ހާމަކުރެއްވި ގޮތުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަކީ ޤާނޫނަށް އިޞްލާޙު ގެނައުމަށްފަހު އުވާލަން ޖެހިފައިވާ ކުންފުންޏެއް ކަމަށެވެ. އެޓަރނީ ޖެނެރަލްގެ ލަފައާއި އެކު ޤާނޫނޫ ލަފާ ޖުލައި މަހުގެ 15 ގެ ކުރިން ހޯދައި ވީ އެންމެ އަވަހަށް ނިންމުމުގެ ޕްރޮސެސް ކުރިއަށް ގެންދަވާނެކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން. ނަން މަޤާމް 1. އަލްފާޟިލް އަޙްމަދު މަޚްލޫފް މިނިސްޓަރ 2. އަލްފާޟިލް އަޝްހަދު ޢަލީ ސްޓޭޓް މިނިސްޓަރ 3. އަލްފާޟިލް އަޙްމަދު އިބްރާހީމް ޑެޕިއުޓީ މިނިސްޓަރ 4. އަލްފާޟިލް ޙުސައިން ޝަރީފް ޕާރމަނަންޓް ސެކްރެޓަރީ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 ޖޫން 2020

ސްޕޯޓްސް ކޯޕަރޭޝަން އާއި ގުޅޭ ގޮތުން ހުރި މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA