ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

1 ޖުލައި 2020 10:00

ނަންބަރު

37

2020 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މި އަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ، ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ 20 ވަނަ މާއްދާއިން ފެށިގެން 27 ވަނަ މާއްދާގެ (ނ)ގެ ނިޔަލަށް ކޮމިޓީން ގެންނެވި އިސްލާޙްތަކާއެކު ފާސްކުރެއްވިއެވެ. 20 ވަނަ މާއްދާއަށް 2 ހުށަހެޅުމެއް ހުށަހެޅުނެވެ. އެ ގޮތުން ފުރަތަމަ، އެ މާއްދާ އިސްލާޙުކުރުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހަޅުއްވަވައި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރެއްވިއެވެ. އަދި ދެވަނައަށް، އެ މާއްދާ މިހާރު ބިލުގައި އޮތްގޮތައް ބޭއްވުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރެއްވިއެވެ. 4 މެންބަރުންގެ ވޯޓުން ފާސްކުރެއްވީ ދެވަނަ ހުށަހެޅުއްވުމެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA