ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

6 ޖުލައި 2020 11:30

ނަންބަރު

38

2020 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ، ތަޢުލީމުގެ ބިލަށް އާއްމު 3 ފަރާތަކުން ހުށަހަޅާފައިވާ ޚިޔާލަކާމެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، އެފަރާތްތަކުން އެ ބިލަށް އިތުރުކުރުމަށް ހުށަހަޅާފައިވާ "ހޯމް-ސްކޫލިންގ" ގެ ކޮމެންޓާމެދު ކޮމިޓީ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުން، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހެޅުއްވީ ކޮމިޓީން އެފަރާތްތަކާ ބައްދަލުކުރެއްވުމަށެވެ. މި ހުށަހެޅުއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރައްވަވައި، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެވުނެވެ. ދެން، ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތްކުރެއްވިއެވެ. އެގޮތުން ބިލުގެ 26 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުން ފެށިގެން 30 ވަނަ މާއްދާގެ ނިޔަލަށް، ކޮމިޓީން ގެންނެވި އިސްލާޙްތަކާއެކު ފާސްކުރައްވައި، އަދި 27 ވަނަ މާއްދާގެ (ރ) އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ފާސްކުރެއްވުމަށް ޕާކްކުރެއްވިއެވެ. އެއަށްފަހު، ސަރުކާރުން ހިންގާ ލޯން ސްކީމްތަކާބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އަށް ސިޓީ ފޮނުއްވުމަށް، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅުއްވަވައި، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކުރެއްވިއެވެ. އަދި މިހުށަހެޅުން ކޮމިޓީން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA