ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

8 ޖުލައި 2020 10:30

ނަންބަރު

39

2020 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ، ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ 32 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ (ހ) ގެ ނިޔަލަށް، ކޮމިޓީން ގެންނެވި އިސްލާޙްތަކާއެކު ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ، "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު" ގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވައި، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއީދުކުރެއްވީ ބިލުގެ ސުންގަޑީގެ ގޮތުގައި 30 ނޮވެންބަރު 2020 އެވެ. މި ހުށަހެޅުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު، އެ ބިލު ޢާއްމުންގެ ކޮމެންޓަށް މިއަދުންފެށިގެން 1 ހަފްތާގެ މުއްދަތަށް ހުޅުވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
6 ޖުލައި 2020 - ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA