ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

30 އޭޕްރީލު 2020 21:40

ނަންބަރު

36

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމެވުމެވެ. އެގޮތުން މިމައްސަލައާ ގުލޭގޮތުން މެންބަރުންގް ހިޔާލަށް ފުރުސަތު ހުޅުވާލުމުން ބިލެތްދޫ ދާއިރާގެ މެންބަރު އަޚްމަދު ހަލީމް ހުށަހަޅުއްވައި ވިލިމާލެ ދާއިރާގެ މެންބަރު އަޚްމަދު އުޝާމް ތާއިދުކޮށްފައިވާ ހުށަހެޅުމުގައިވަނީ ކޮވިޑް19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އިން ކޮށްފައިވާ ބިޑެއްގެ މައްސަލައިގައި އާންމުންގެތެރޭގައި އެތައްގޮތަކަށް މިކަމާގުޅޭމައުލޫމާތު ފެތުރެމުންދާތި އެކަމާ ގުޅޭގޮތުން މަޢުލުމާތު ސާފކުރުމަށްތަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ. އެއަށްފަހު ކޮމިޓީން ނިންމެވީ މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ތައްޔާރު ކުރައްވާފައިވާ އުސޫލު އާންމު ކުރެއްވުމަށް ލަފާ ދެއްވުމަށް. މީގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް ހުށަހަޅއްވައި ވިލިމާލެ ދާއިރާގެ މެންބަރު އަޚްމަދު އުޝާމް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅޭގޮތުން، ރަދި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން އަމަލު ކުރަމުން ގެންދޭތޯ ސާފުކުރުމަށް، މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA