ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

27 އޭޕްރީލު 2020 21:35

ނަންބަރު

34

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ބިލު 2020 ދިރާސާ ކުރެއްވުމެވެ. އެގޮތުން މި ބިލުގެ 5 ވަނަ މާއްދާގެ (ށ) ޑްރާފްޓްކުރެވުނު ގޮތަށް ބިލުގައި ހިމެނުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބީއްޔަތުން އެގޮތަށް ފާސްވިއެވެ. މީގެ އިތުރުން ވިމެންސް ޑިވެލޮޕް މަންޓް ކޮމިޓީގެ އިންތިޚާބު ލޯކަލް ކައުންސިލް އިންތިޚާބާއެކު ބާއްވަން ބިލުގައި ހިމެނުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. އެއަށްފަހު ކޮމިޓީން މި ބިލަށް ގެނެވުނު އިސްލާކުތަކާއެކު ބިލު ފާސް ކުރުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA