މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 41 ވަނަ ބައްދަލުވުން

8 ޖޫން 2020 12:10 ނަންބަރު 41

ޚުލާސާ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ހުޅުވާލުމުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހެޅުއްވީ މި މައްސަލަ ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށެވެ. ސަބް ކޮމިޓީގެ ހިމެނިވަޑައިގަންނަވާނެ މެންބަރުންނަކީ އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ކަމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ތައީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 ޖުލައި 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA