ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

29 ޖޫން 2020 12:00

ނަންބަރު

46

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 46 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ، މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުން އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ވަކިކޮށްފައިވާ މައްސަލައާގައި، އެކަމަނާގެ ފަރާތުން މި ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އާ ބައްދަލުކުރުމެވެ. އެއަށްފަހު، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުނާ ގުޅޭގޮތުން ކޮމިޓީން ބަލަމުންދާ މައްސަލަތަކާމެދު ގޮތެއް ނިންމެވިއެވެ. ދެން، ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢައްޔަނުކުރަންޖެހޭ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ގެ މަޤާމަށް މީހަކު ޢައްޔަނުކޮށްފައިނުވާ މައްސަލާގައި، މިނިސްޓްރީ އޮފް ހެލްތާއި، ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ ލިޔުންތައް ދިރާސާކޮށް، މި މައްސަލާގައި ޢަމަލުކުރަންވީ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެއަށްފަހު، ކޮމިޓީގެ މަސައްކަތު ދާއިރާގެ ތެރޭގައި ހިމެނޭ މިނިވަން މުއައްސަސާތަކާ ބައްދަލުކުރާނެ ތާރީޚުތައް ކަނޑައެޅުނެވެ. ދެން، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގެ ތެރޭގައި ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުނުކޮށް ދޫކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢަމަލުކޮށްފައިވާ ގޮތާގުޅޭގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މައްސަލަ ބަލަމުންދޭތޯ ކަށަވަރުކުރުމަށް މަޝްވަރާކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA