ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

2 ޖޫން 2020 21:10

ނަންބަރު

40

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ގުޅޭގޮތުން ކޮމިޓީން ބަލަމުންދާ މައްސަލަ ދިރާސާ ކުރެއްވުމެވެ. އެގޮތުން މި މައްމަސަލައާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ސިވިލް ސަރވިސް ކޮމިޝަންގެ 5 މެންބަރުން އެކީގައި މެންބަރުކަމުން ވަކި ކުރުމަށް، އެ ކޮމިޝަންގެ މެންބަރު ފާތިމަތު އާމިރާގެ ނަން ވީހާވެސް އަވަހަށް މަޖްލީހުގެ ތަޅުމަށް ފޮނުވައިގެން ނަންއިއްވުމަށްފަހު 5 މެންބަރުންގެ މައްސަލަ އެއްކޮށް ކޮމިޓީން ނިންމަވައި ފްލޯ އަށް ފޮނުވުމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤު ހުށަހަޅުއްވާ އެބާރަށު ދާއިރާގެ މެންބަރު އަޚްމަދު ޢަބދުﷲ ތާއިދު ކުރެއްވިއެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބީއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA