ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

28 މޭ 2020 21:10

ނަންބަރު

39

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ކުރިއަށް ގެންދެވީ ސިއްޚީ ޚިދުމަތްދިނުމުގެ ޤާނުނުގެ ދަށުން ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން މީހަކު ޢައްޔަން ކޮށްފައި ނުވާ މައްސަލައެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އެވެ. އެ ހުށަހެޅުމުގައި ވަނީ " 7 ސެޕްޓެމްބަރ 2015 ގައި ވުޖޫދުވި މި ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި ވާ ސިއްޚީ ޚިދުމަތްދިނުމުގެ ޤާނުނުގެ ދަށުން ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ޢައްޔަން ނުކޮށް 4 އަހަރު ފާއިތުވެގެން ގޮސްފައިވާތީ ސިވިލްސަރވިސް ކޮމިޝަން އަދި މިނިސްޓްރީ އޮފް ހެލްތްގެ އިހްމާލެއް އޮތްކަން ޤަބޫލު ކުރެވޭތި އެފަރާތްތަކުން އެކަން ސާފުކުރުމަށް ސިޓީ ފޮނުވުމަށެވެ." މި ހުށަހެޅުމަށް ތާއިދުކޮށްފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފްއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA