ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

13 ޖުލައި 2020 12:15

ނަންބަރު

48

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ. ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ކޮމިޓީ ރިޕޯޓު މަޖިޅިހަށް ހުށަހެޅުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރިއެވެ.އެއަށްފަހު ކުރިއަށް ގެންދިޔައީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޚިމާޔަތްކުރުމުގެ ބިލު ދިރާސާކުރުމެވެ. އެގޮތުން، ބިލުގެ ފަހުން ބެއްލެވުމަށް ޕާކްކޮށްފައިވާ މާއްދާތަކުގެ ތެރެއިން، 82 ވަނަ މާއްދާގެ (ނ) އަދި 84 ވަނަ މާއްދާ ޖުރުމަނާގެ ޢަދަދުތައް އިޞްލާޙްކޮށް އެ މައްދާ އިޞްލާޙުކުރިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA