ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

9 ޖުލައި 2020 10:30

ނަންބަރު

40

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސްޕޯޓްސް ކޯޕަރޭޝަންއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ) ގެ ދަށުން އުފައްދަވާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް، އެ ޤާނޫނުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލްކުރުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީއިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނި އުވާލުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅުއްވާކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާތީ، އެ ކުންފުންޏާ ގުޅޭގޮތުން ސަރުކާރުން މިހާރު ކަނޑައަޅުއްވާފައިވާ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ "ދޮވެމި" ފިހާރައަކީ އެމް.އޭ.ސީ.އެލް އިން ހިންގާ ފިހާރައެއްތޯއާއި، އެ ފިހާރައިން އޮންލައިންކޮށް މުދާ ވިއްކާތޯއާއި އަދި މާލެއަށް މިހާރު މުދާ ޑެލިވަރީކޮށްދޭތޯ ބެއްލެވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހެޅުއްވުމުން، އެކަމުގެ މަޢުލޫމާތު ސާފުކުރައްވަން އެ ކުންފުންޏަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA