ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

20 ޖުލައި 2020 14:00

ނަންބަރު

51

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުން

ޚުލާސާ

އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް މަދުކުރުމަށްޓަކައި ބޭންކް ލޯން އަދި ބޭންކް އިންޓަރެސްޓް ލޯން އާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންވާތީ ބައްދަލުވުމަކަށް އެދި ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑުން ފޮނުއްވާފައިވާ ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށްވެސް ހުށަހެޅިފައިވާ މައްސަލައަކަށްވުމާއެކު، އެ ކޮމިޓީއިން އެ ފަރާތާ ބައްދަލުކުރުމަށް އިންތިޒާމްކުރި ބައްދަލުވުމުގައި އިޤްތިޞާދީ ކޮމިޓީގެ މެންބަރުން ބައިވެރިވެ އެ ފަރާތާ މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް މަދުކުރުމަށްޓަކައި ގޭބީސީތަކުގައި ވޯޓަރ ޕިއުރިފަޔަރ ސިސްޓަމް ހަރުކުރުމަށް މަގުފަހިވާނެގޮތަށް ޕޮލިސީތައް އެކުލަވާލުމަށާއި، އިމްޕޯޓް ޑިއުޓީތައް ކުޑަކުރުމަށާއި ގްރީން ލޯން ފެސިލިޓީ ހަމަޖައްސައި ކުޑަ އިންޓަރެސްޓް ރޭޓެއްގައި ސިސްޓަމްތައް ގަތުމުގެ ފުރުޞަތު ހޯދައިދިނުމަށް މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
4 މާރިޗު 2020 - އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA