ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

21 ޖުލައި 2020 14:35

ނަންބަރު

44

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 44 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓިތައް ބެލުމަށް 4 މެންބަރުންގެ ސަބް-ކޮމިޓީއެއް ނެގުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާޢީދުކުރެއްވުމުން، ކޮމިޓީގައި ތިއްބަވާނެ 4 މެންބަރުން ކަމުގައި 1. އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު، 2. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، 3. ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އަދި 4. ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހަމަޖެއްސުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާޢީދުކުރެއްވައި ފާސްކުރެއްވިއެވެ. މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގައި "ދޮވެމި އެރައިވަލް ޝޮޕް"އަކީ ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންއަށް ޙާއްސަކުރެވިގެން ހިންގޭ ފިހާރައަކަށް ވީހިނދު، މި މަޤްސަދު ގެއްލޭނެހެން އޮންލައިންކޮށް މާލެ އަދި އަތޮޅުތަކަށް ވިޔަފާރިކޮށް ނުދެވޭނެކަމަށް އެކުންފުންޏަށް އެންގުމަށް ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA