ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

29 ޖުލައި 2019 14:00

ނަންބަރު

22

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން އެމް.އައި.ޓީ.ޑީ.ސީއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ސާފުކުރައްވައި ކުންފުނީގެ ހިންގުން ހަރުދަނާ ކުރެއްވުމަށް މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއިން ހޯއްދެވުމަށް ނިންމެވިއެވެ. އަދި ސަރުކާރުން ގެންގުޅުއްވާ ގެސްޓް ހައުސް ޕޮލިސީ އަދި އިންޓެގްރޭޓެޑް ޓޫރިޒަމް ޕޮލިސީއާގުޅޭ މަޢުލޫމާތާއި ގެސްޓް ހައުސްގެ ކަންތައްތައް އެމް.އައި.ޓީ.ޑީ.ސީ މެދުވެރިކޮށް ކުރިޔަށް ގެންދިޔުމާ މެދު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދެކެވަޑައިގަންނަވާގޮތް ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. މީގެއިތުރުން، މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު، ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯއާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ސިޓީގައި ފާގަހަކުރައްވާފައިވާ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް އެ ކުންފުންޏަށް ދެންނެވުމަށް ނިންމެވިއެވެ. މީގެއިތުރުން، އެހެނިހެން ކަންތައްތަކުގެ ތެރޭގައި ދެ މައްސަލައެއް ހުށަހެޅިގެން ދިޔައެވެ. ފުރަތަމަ މައްސަލައެއްގެ ގޮތުގައި އެސް.ޓީ.އޯ ފާމަސީއިން މުއްދަތު ހަމަވެފައިވާ މެޑިކަލް ކޮންސިއުމަބްލްސް ވިއްކަމުންގެންދަވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާތީ، ކޮމިޓީން އެ މައްސަލަ ބައްލަވައިދެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ތާޢީދުކުރެއްވިއެވެ. އެހެންކަމުން، މި މައްސަލަ ކޮމިޓީގެ އެޖެންޑާގައި ހިމަނުއްވައިގެން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. ދެވަނަ ކަމަކަށް، އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑާގުޅޭ ތިރީގައި ދެންނެވިފައިވާ މަޢުލޫމާތު ހޯއްދެވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ތާޢީދުކުރެއްވިއެވެ. އެހެންކަމުން، ކޮމިޓީން މި މަޢުލޫމާތު ހޯއްދެވުމަށް ނިންމަވައި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ. 1. ކުންފުންޏާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު، 2. ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރެއްވުމަށް ކުރިއަށް ރާއްވަވާފައިވާ މަޝްރޫޢުތަކެއްވާނަމަ، އެކަމުގެ ތަފްޞީލް، 3. ސަރުކާރުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރެއްވުމަށް މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް، 4. ކުންފުނީގެ ޙިއްޞާދާރުންގެ ތަޞައްވަރު.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA