ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

30 އޮކްޓޯބަރު 2019 19:00

ނަންބަރު

18

2020 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިސްލާޙުގެނައުމުގެ ބިލުގެ ސުންގަޑިއަކީ 14 ނޮވެންބަރު 2019 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އަދި އެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް 10 ނޮވެންބަރު 2019 ގެ ނިޔަލަށް ފުރުސަތު ހުޅުވާލުމަށް ނިންމެވިއެވެ. އެއަށްފަހު މި ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، އެޓަރނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ދިރާގު، އުރީދޫ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، އަދި ހޯޕް ފޯ ވިމެން އަދި އިލެކްޝަން ކޮމިޝަންއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި މިބިލަށް ޚިޔާލު ހޯދުމަށް އެޗް.އާރް.ސީ.އެމް، އެންޓި ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީއަށް ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA