ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

19 ނޮވެމްބަރު 2019 11:00

ނަންބަރު

31

2019 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށްފައިވާތީ ދަނޑުވެރިންނާ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ދަތުރުވެރިންގެ މާރުކޭޓް ގޮޅިތަކުގެ ޢަދަދާއި އެ ދޭންޖެހޭ އުޞޫލާ ގުޅޭގޮތުން ކައުންސިލަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާކަމަށް ފާހަގަކުރެވެއެވެ. އަދި ކައުންސިލަރުންގެ އަޣުލަބިއްޔަތުން 117 ގޮޅި ހެދުމަށް ފާސްވެފައިވީ ނަމަވެސް މޭޔަރ އެ ނިންމުން ތަންފީޒުކުރައްވާފައިނުވާކަމަށް މާރުކޭޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލަރުންގެ ހުރި ޝަކުވާތަކާއި އެކަމުގައި ދިމާވެފައިވާ ގޮންޖެހުންތަކާމެދު ކޮމިޓީގައި މަޝްވަރާކުރެވުނެވެ. އަދި ކޮމިޓީގެ މެންބަރުން ވަނީ ވީހާވެސް އަވަހަކަށް މާރުކޭޓްގެ މަސައްކަތް ނިންމައި އެތަން ހުޅުވޭނެ ތާރީޚެއް ކޮމިޓީއާ ޙިއްޞާކުރެއްވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA