ލާމަރުކަޒީ ކޮމިޓީ

2019 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

1 ޑިސެމްބަރު 2019 11:00 ނަންބަރު 36

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ "ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރު" އާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކޮމިޓީން ފާސްކުރައްވާފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ގެންނަވާފައިވާ އިޞްލާޙުތަކުން މި ޤަރާރުގައިވާ ކަންކަމަށް، ހައްލު ހޯދިފައިވާކަމަށް މެންބަރުން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ "ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރު" ކޮމިޓީއަށް ފޮނުއްވާފައިވާ ގޮތަށް ފާސްކުރެއްވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 އޮކްޓޯބަރު 2019

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ "ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރު"

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA