ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

3 އޮކްޓޯބަރު 2019 12:00

ނަންބަރު

16

2019 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ އެ ރަށުގެ 2 ސަރަހައްދަކުން ގެސްޓްހައުސް ހިންގުމަށް ކުއްޔައް ދޫކޮއްފައިވާ 2 ބިމެއްގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. އެއަށްފަހު މި މައްސަލަ ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް ހޮއްވެވުމަށް ކޮމިޓީގައި ހާޒިވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. ދެން ކޮމިޓީގައި މަޝްވަރާކުރެއްވީ ޒަލްދާން އޮއިލްސަޕްލައިޒް އަށް ކުއްޔަށް ބިމެއް ދޫކޮއްފައިވާ މައްސަލައާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިލިނގިލި ކައުންސިލްގެ އިދާރާއާއި މެދު ޢަމަލު ކުރައްވަނީ ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން ކައުންސިލް މެންބަރުންނަށް ބިރުދައްކައި އަދި ކައުންސިލް ބަދުނާމްކޮށް ކައުންސިލް މެންބަރުންގެ އަނބުރާ އިއްޒަތް ނަގާލުމަށް ކަމަށް ގަބޫލު ކުރެވޭތީ، މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައި ސިޓީ އާ މެދު މަޝްވަރާކުރެއްވުމަށްފަހު މި މައްސަލައަކީ އެންޓި-ކަރަޕްޝަން ކޮމިޝަނާ ގުޅޭ މައްސަލައަކަށް ވާތީ، މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA