ލާމަރުކަޒީ ކޮމިޓީ

2019 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

24 ޖޫން 2019 10:00 ނަންބަރު 4

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމެވެ. މިގޮތުން ކައުންސިލަރުން ސަސްޕެންޑްކުރެއްވުމުގައި ގެންގުޅުއްވާފައި ހުރި އުޞޫލުތަކާއި، ކައުންސިލަރުން ސަސްޕެންޑްކުރެއްވުމުގައާއި ފިޔަވަޅު އެޅުއްވުމުގައި ގެންގުޅުއްވާފައިވާ މިންގަނޑާއި، މިކަމަށް ގަވާއިދެއް ހެދިފައިވޭތޯއާއި، ވާނަމަ އޭގެ ކޮޕީ ފޮނުއްވައިދެއްވުމަށާއި މިހާތަނަށް ފިޔަވަޅު އަޅުއްވާފައިވާ ހުރި ކައުންސިލަރުންނާއި އެ ކައުންސިލަރުންނާ މެދު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ލިސްޓެއް ފޮނުއްވައިދެއްވުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ކައުންސިލްތަކަށް އަންގަވާފައިވާ އެންގެވުންތަކާއި، ކައުންސިލްތަކާމެދު ފިޔަވަޅެއް އަޅާފައިވާނަމަ އެކަން ވެސް ސާފުކުރެއްވުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު ކައުންސިލްތަކަށް ޤާނޫނު ތަންފީޒުކުރެއްވުމަށާއި ކައުންސިލްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގަޔާއި އިދާރީ ގޮތުން ކައުންސިލް ހިންގަން ހުރި ދަތިތަކާއި ބަޖެޓްގެ ދަތިކަން ސާފުކުރެއްވުމަށް ރާއްޖޭގެ ހުރިހާ ރަށު ކައުނސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2019

ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލަރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަކާއި، އެކަމުގައި ކަނޑައަޅާފައިވާ އުޞޫލުތައް ދިރާސާކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

24 ޖޫން 2019

ކައުންސިލްތަކަށް އަންގަވާފައިވާ އެންގެވުންތަކާއި، ކައުންސިލްތަކާމެދު ފިޔަވަޅެއް އަޅާފައިވާނަމަ އެކަން ދިރާސާކުރެއްވުން.

ކޮމެޓީ މަސައްކަތް ނިމިފައި

24 ޖޫން 2019

ކައުންސިލްތަކަށް ޤާނޫނު ތަންފީޒުކުރެއްވުމަށާއި ކައުންސިލްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގަޔާއި އިދާރީ ގޮތުން ކައުންސިލް ހިންގަން ހުރި ދަތިތަކާއި ބަޖެޓްގެ ދަތިކަން ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA