ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

10 އޯގަސްޓު 2020 14:15

ނަންބަރު

37

2020 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ގޮސްފައިވަނީ، އއ. މާޅޮސް ބަނޑަރުގެ އެއްގަމު ތޮށިން އެކި ދިމަދިމާލުން ހަލާކުވެ މީހުން ދިރިއުޅޭ ގޯތިތަކާ ހަމައަށް ރާޅުއަރަމުންދިނަމަވެސް އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ބިޑު ހުށަހެޅުމުގެ ބައްދަލުވުން އެކި ސަބަބުތާހުރެ 3 ފަހަރެއްގެ މަތިން ލަސްކުރެވިފައިވާކަން ބަޔާންކޮށް، އެ ރަށު ކައުންސިލުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމެވެ. ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ލ. މާވަށަށް ވަރަށް ބޮޑަށް އުދަ އަރަމުންދާތީ އެކަމަށް ޙައްލެއް ގެނައުމަށްޓަކައި އެ ރަށު ހުޅަނގު ދެކުނު ފަރާތުގެ ތޮށީގައި ބޮޑު ހިލަ ޖެހުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމެވެ. ތިންވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ހދ. ނެއްލައިދޫ އަދި އދ. ކުނބުރުދޫ ކައުންސިލުން ފޮނުވާފާއިވާ މައްސަލައިގައި ކޮމިޓީއިން ހޯދާފައިވާ މަޢުލޫމާތުތައް ދިރާސާކުރުމެވެ. ހަތަރުވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވަމުންދާ މައްސަލާއިގައި ކޮމިޓީއިން ހޯދާފައިވާ މަޢުލޫމާތުތައް ދިރާސާކުރުމެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA