ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

12 އޯގަސްޓު 2020 10:30

ނަންބަރު

45

2020 ވަނަ އަހަރުގެ 45 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ފުރަތަމަ ކުރިއަށް ގެންދެވީ، މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ޤަރާރާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ޤަރާރު އޮތްގޮތައް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ތަޢުލީމުގެ ބިލު އިޞްލާޙުކުރެއްވުމެވެ. އެ ގޮތުން ބިލުގެ 17 އަދި 18 ވަނަ މާއްދާ އިސްލާޙުކުރުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވައި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން 7 މެންބަރުންގެ ވޯޓުން ފާސްކުރެއްވިއެވެ. އަދި ބިލުގެ 18 ވަނަ މާއްދާގެ ފަހަތަށް އިސްތިސްނާ މާއްދާއެއް އިތުރުކުރެއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން 5 މެންބަރުންގެ ވޯޓުން ފާސްކުރެއްވިއެވެ. ދެން ބިލުގެ 27 ވަނަ މާއްދާ އަދި 36 ވަނަ މާއްދާގެ (ށ) ގެ 1 އަދި 5 އުނިކުރެއްވުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ. އަދި 36 ވަނަ މާއްދާގެ (ށ) އަށް 6 އަދި 7 އިތުރުކުރުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ. ދެން ބިލުގެ 29 ވަނަ މާއްދާ އަދި 30 ވަނަ މާއްދާ އިޞްލާޙުކުރެއްވިއެވެ. ދެން ބިލުގެ 40 ވަނަ މާއްދާގެ (ށ) އިސްލާޙުކުރުމަށް 4 މެންބަރުންގެ ވޯޓުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA