ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

13 އޯގަސްޓު 2020 11:00

ނަންބަރު

46

2020 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ފުރަތަމަ ކުރިއަށް ގެންދެވީ، މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ޤަރާރުގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ޤަރާރުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ތަޢުލީމުގެ ބިލު އިޞްލާޙުކުރެއްވުމެވެ. އެގޮތުން، ކޮމިޓީން ބިލަށް ގެންނެވި އިޞްލާޙުތަކާއެކު، ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ސަރުކާރުން ދޫކުރާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ސްކީމްތަކާގުޅޭ އުސޫލުތައް މުރާޖަޢާކުރުމުގެ ގޮތުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި ގޮތުން މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ޢިމާރާތްކުރުމުގެ ދާއިރާގައި ދިވެހިންނަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާ ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކުރެއްވި މައްސަލައެކެވެ. އެގޮތުން، މިވަގުތު އެ ދާއިރާގައި ކުރިމަތިވެފައިވާ ދަތިތަކާއި، އެ ދަތިތައް ޙައްލުކުރެއްވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން އެ ދާއިރާގެ ފަރާތްކާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް އެ ކޮމިޓީން ފާސްކުރެއްވިއެވެ. އެ ގޮތުން ބައްދަލުކުރެއްވުމަށް ނިންމެވި ފަރާތްތަކަކީ، އަރކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެސޯސިއޭޝަން އޮފް ސިވިލް އިންޖިނިއަރސް-މޯލްޑިވްސް، ކޮންޓްރެކްޓަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA