ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

10 އޯގަސްޓު 2020 12:15

ނަންބަރު

52

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 52 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާގުޅޭ ޝަކުވާ ހުށަހަޅުއްވާފައިވާތީ އެކަންކަން ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައި ސިޓީއާއި މެދު މަޝްވަރާކުރުމެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓް ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ، އެސް.ޓީ.އޯ އަދި ލޮޖިސްޓިކް ކުންފުނިތަކުގެ ތެރެއިން، ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް (ޓީ.ޓީ.އެސް) އަދި ބޮނީޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އިޤްތިޞާދީ ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރުމެވެ. އެގޮތުން، ރިޕޯޓާއި ގުޅިގެން ގޮތެއް ނިންމެވުމަށް ހުޅުވާލި ފުރުޞަތުގައި ކޮމިޓީން ގޮތެއް ނުނިންމައި ބައްދަލުވުން ނިންމަވައިލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA