ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2020 12:15

ނަންބަރު

54

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 54 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މުއްދަތު 8 އޮގަސްޓް 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނަންފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އަލްފާޟިލް މުމްތާޒް ޢަބްދުއްރަޝީދު އަދި އަލްފާޟިލް ހުޝާމް ވަޙީދުއާއި އިންޓަރވިއު ކުރުމެވެ. އެގޮތުން، މުމްތާޒް ޢަބްދުއްރަޝީދުގެ ނަން މީރާ ބޯޑަށް އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމުމަށް ފޮނުވުމަށް ކޮމިޓީގެ 3/2 ވޯޓުން (10 ވޯޓު) ނިންމިއެވެ. އަދި ހުޝާމް ވަޙީދުއާ އިންޓަރވިއު ކުރިއިރު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އެވަގުތު މަޖިލީހުގެ އެހެން މަސައްކަތްތައް ވަގުތުދޭންޖެހުމުން، މި ފަރާތަށް ވޯޓަށް އެހުން ފަސްކުރިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA