ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2020 14:00

ނަންބަރު

55

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 55 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މުއްދަތު 8 އޮގަސްޓް 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނަންފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކުރީގެ ބައްދަލުވުމުގައި އިންޓަރވިއު ކޮށްފައިވާ ހުޝާމް ވަޙީދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މަސައްކަތެވެ. އެގޮތުން، ހުޝާމް ވަޙީދުގެ ނަން މަޖިލީހަށް ފޮނުވުމަށް ފެންނަ ނުފެންނަ ވޯޓަށް އެހުމުން ވަނީ ކޮމިޓީގެ 2/3 ވޯޓުން (9 ވޯޓު) މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވެފައެވެ. އެއަށްފަހު ކުރިއަށް ގެންދިޔައީ، ޢަލީ ޢިރުފާނު އަދި އިސްމާޢީލް ސާޖިދު އާއި އިންޓަރވިއު ކުރުމެވެ. އަދި މީރާ ބޯޑަށް ޢަލީ ޢިރުފާނު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވުމަށް ކޮމިޓީއަށް ފެންނަ ނުފެންނަ ވޯޓަށް އެހުމުން ކޮމިޓީގެ 2/3 ވޯޓުން (9 ވޯޓު) މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވިއެވެ. މީރާ ބޯޑަށް އިސްމާޢީލް ސާޖިދު އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވުމަށް ކޮމިޓީއަށް ފެންނަ ނުފެންނަ ވޯޓަށް އެހުމުން ކޮމިޓީގެ 2/3 ވޯޓު (7 ވޯޓު) ލިބިފައި ނުވުމުން މަޖިލީހުގެ ތަޅުމަށް އެ ނަން ފޮނުވުމަށް ފާހެއް ނުވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA