ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

18 އޯގަސްޓު 2020 10:00

ނަންބަރު

56

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 56 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މުއްދަތު 8 އޮގަސްޓް 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ލީނާ މުޙައްމަދު ޒާހިރު ޙުސައިން އަދި ޢާއިޝަތު ޢަޝާ ޢަލީ އާއި އިންޓަރވިއު ކުރުމެވެ. އެގޮތުން، އެފަރާތްތަކުގެ ނަން މަޖިލީހަށް ފޮނުވުމަށް ފެންނަ ނުފެންނަ ވޯޓަށް އެހުމުން ވަނީ ކޮމިޓީގެ 2/3 ވޯޓުން (10 ވޯޓު) މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA