ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

19 އޯގަސްޓު 2020 10:00

ނަންބަރު

58

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މުއްދަތު 8 އޮގަސްޓް 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ދަހާ ޝުޢައިބު އަދި އިދުރީސް އިސްމާޢީލް އާއި އިންޓަރވިއު ކުރުމެވެ. އަދި އިންޓަރވިއު ކުރިއިރު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އެވަގުތު މަޖިލީހުގެ އެހެން މަސައްކަތްތައް ވަގުތުދޭންޖެހުމުން، މި ދެފަރާތަށް ވޯޓަށް އެހުން ފަސްކުރިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA