ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

19 އޯގަސްޓު 2020 13:45

ނަންބަރު

60

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 60 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މުއްދަތު 8 އޮގަސްޓް 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ދަހާ ޝުޢައިބު އަދި އިދުރީސް އިސްމާޢީލް ގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މަސައްކަތެވެ. އެގޮތުން، މީރާ ބޯޑަށް އައްޔަންކުރުމަށް މިދެނަން މަޖިލީހަށް ފޮނުވުމަށް ކޮމިޓީއަށް ފެންނަ ނުފެންނަ ވޯޓަށް އެހުމުން މިދެ ފަރާތުގެ ނަން މަޖިލީހުން ގޮތެއް ނިންމުމަށް ފޮނުވުމަށް ކޮމިޓީގެ 2/3 ވޯޓު ލިބިފައިނުވާތީ، މަޖިލީހުގެ ތަޅުމަށް ނަންފޮނުވުމަށް ފާހެއްނުވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA