ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 އޯގަސްޓު 2020 12:15

ނަންބަރު

61

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 61 ވަނަ ބައްދަލުވުން

ޚުލާސާ

މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލަ އަދި ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި 31 އޮކްޓޯބަރު 2020 ގެ ނިޔަލަށް އިތުރުކުރިއެވެ. އެއަށްފަހު ކޮމިޓީއަށް އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކަށް ދިފައިވާ ޖަވާބުތައް މެންބަރުންނާ ހިއްސާކުރިއެވެ. އެގޮތުން މުޙައްމަދު ޢިސްމާޢީލް މ.ކެލަން 10 އޮގަސްޓް 2020 ގައި ފޮނުއްވާފައިވާ ސިޓީއާއި ޢަބްދުއްރަޙްމާން ޢަބްދުލް ޙަކީމް، މއ.ޑަސްކް/މާލެ ފޮނުއްވާފައިވާ ސިޓީއާއި ހަސަން ޒަރީރު، ޝީނަޒު/ސ.ހިތަދޫ ފޮނުވާފައިވާ ސިޓީއާއި ސީރާ ފާސްޓް ފުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފޮނުއްވާފައިވާ ސިޓީއާއި މުޙައްމަދު އިސްމާޢީލް މ.ކެލަން ފޮނުވާފައިވާ ސިޓީއަށް ޖަވާބު ދެވިފައިވެއެވެ. 23 އޯގަސްޓް 2020 ގައި ކޮވިޑް-19 އާއި ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު އަލުން ގެސްޓްހައުސްތައް ހުޅުވޭނެ ތާރީޚެއް ސާފުކުރުމަށް މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގެ ކޮޕީ މެންބަރުންގެ މަޢުލޫމާތަށްޓަކައި ހިއްސާކުރިއެވެ. އެއަަށްފަހު، ރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާގުޅޭ ޝަކުވާ ހުށަހަޅުއްވާފައިވާތީ އެކަންކަން ދިރާސާކުރުމުގެ މަސައްކަތްކުރިއަށް ގެންދެވިއެވެ. އަދި، އެ މައްސަލައިގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ދިވެހިރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ދާއިރާގެ މައްސަލަތަކަށް ޙައްލެއް ގެނައުމަށާއި އެ ކަންކަން ރެގިއުލޭޓްކުރާނެ އިދާރާއެއް ކަނޑައަޅައި، ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމަށްފަހު، 01 އޮކްޓޯބަރު 2020 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ ޙިއްޞާކޮށްދެއްވުމަށް ދެންނެވުމަށް ނިންމިއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓު ކުރައްވާފައިވާ ގަވާއިދު ނަންބަރު 2020/R-52 (16 ޖުލައި 2020) ޢަމަލުކުރަން ފަށާނެ މުއްދަތު މުރާޖަޢާކޮށްދެއްވައި، އެ ގަވާއިދަށް ޢަމަލުކުރަންފަށާނެ މުއްދަތު ލަސްކޮށްދެއްވުން އެދި ދެންނެވުމަށާއި އެ ގަވާއިދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ސަމާލުކަމަށް ގެނައުމަށް ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA