ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

25 އޯގަސްޓު 2020 10:30

ނަންބަރު

49

2020 ވަނަ އަހަރުގެ 49 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހިޔާ މަޝްރޫޢުގެ ފްލެޓުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ކުރީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޢާއިލީގޮތުން ގާތް ފަރާތްތަކަށް ނަހަމަ ގޮތުގައި ޕޮއިންޓު ދެއްވައިގެން ފްލެޓު ލިބުނުކަމުގެ ލިޔުން ދެއްވާފައިވާކަމުގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީ، އެ މައްސަލައާއި މެދު މަޝްވަރާކުރެއްވުމެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ތާއީދު ކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީއެވެ. މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ އެކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށް ސިޓީއެއް ފޮނުއްވުމަށްފަހު، އެ މަޢުލޫމާތު ކޮމިޓީއަށް ލިބުމުން، "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަދި ކުރީގެ ސަރުކާރުން އެކުލަވާލި "ފްލެޓް ކޮމިޓީގެ" މެންބަރުން އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޓީއަށް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
29 ޖޫން 2020 - ހިޔާ ފްލެޓްތަކާގުޅޭ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA