ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

24 ޖޫން 2020 14:00

ނަންބަރު

2

އިޖްތިމާޢީ ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ 2020 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތާކާއި މެދު މަޝްވަރާކުރުމެވެ. އެގޮތުން، ޢާންމުންގެ ޙިޔާލު ހޯދުމަށް ނިންމެވިއެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ ތިރީގައިވާ ފަރާތްތަކާއި ކޮމިޓީން ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށެވެ. އަދި މިނިސްޓްރީ އޮފް ޔޫތް ގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ތަމްސީލް ކުރާ ޖަމްޢިއްޔާތަކުގެ ލިސްޓެއް ހޯދުމަށެވެ. މިހުށަހެޅުންވަނީ ކޮމިޓީގެ އިޢްތިފާޤުން ފާސްކުރައްވާފައެވެ. ބައްދަލުކުރުމަށް ނިންމި ފަރާތްތައް؛ 1.މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް؛ 2.ސިވިލް ސަރވިސް ކޮމިޝަން؛ 3.ފެނަކަ ކޯޕަރޭޝަން ލިމިޓެޑް؛ 4.މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ؛ 5.މޯލްޑިވްސް ޕޯޓްސް ލިމިޓެޑް؛ 6.މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް؛ 7.ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް؛ 8.ވޭސްޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް؛ 9.މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ؛ 10.މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ؛ 11.މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ؛ 12.ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް؛ 13.އެމްޕްލޯއީމެންޓް ޓްރައިބިއުނަލް؛ 14.ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސް؛ 15.ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ؛ 16.ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް؛ 17.ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް؛ 18.މޯލްޑިވްސް ޕޯޓް ވަރކާސް ޔޫނިއަން؛ 19.މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން؛ 20.މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ)؛ 21.ސްމޯލް އެންޑް މީޑިއަމް (އެސް.އެމް.އީ) އެންޑް އެންޓްރިޕްރިނިއަރ ފެޑެރޭޝަން އޮފް މޯލްޑިވްސް (އެސް.އީ.އެފް.އެމް)؛ 22.ނެޝަނަލް ވުމެން ޗެމްބަރ އޮފް ކޮމަރސް؛ 23.ވުމެން އެންޓްރިޕްރިނިއަރސް އެސޯސިއޭޝަން؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA