ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2020 11:00

ނަންބަރު

40

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތަކުގައި ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު ސަބް ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ބިލުގެ 24 ވަނަ މާއްދާ ގެ (ހ) އަށް މައި-ކޮމިޓީއިން ގޮތެއް ނިންމައި ދިނުމަށް ބިލު ދިރާސާކުރެއްވި ސަބް-ކޮމިޓީގެ މުޤައްރިރު، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އެދިވަޑައިގަތެވެ. ނަމަވެސް، މި މާއްދާ ބިލުގައި ހިމަނާނެގޮތަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުން، މި މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA