މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

24 އޯގަސްޓު 2020 11:00 ނަންބަރު 46

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މިނިސްޓްރީ އޮފް ހެލްތުއިން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން، އެ މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވީ ނަމަވެސް، މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލާ ނިޝާމާ މުޙައްމަދު އަދި ޑިރެކްޓަރ (ފައިނޭންޝަލް އެގްޒެކެޓިވް)، އަލްފާޟިލް އަޙްމަދު އަސްލަމް ހާޒިރުވެފައި ނުވާތީ، މާދަމާ 25.08.2020 ވާ އަންގާރަ ދުވަހުގެ ބައްދަލުވުމަށް، އޭރުގެ ބިޑް ކޮމިޓީގެ މެންބަރުން ހިމެނޭގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމެވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން އަންގަވާފައިވާ ބޭފުޅުން ނަން މަޤާމް 1. އަލްފާޟިލް ޢަބްދުﷲ އަމީން މިނިސްޓަރ 2. އަލްފާޟިލް އަބޫބަކުރު ޢަބްދުލްކަރީމް ޑެޕިއުޓީ މިނިސްޓަރ 3. އަލްފާޟިލާ ނިޝާމާ މުޙައްމަދު ޑެޕިއުޓީ މިނިސްޓަރ 4. އަލްފާޟިލާ އައިޝަތު ސާމިޔާ ޕާރމަނަންޓް ސެކްރެޓަރީ 5. އަލްފާޟިލް އަޙްމަދު ޤާސިމް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް 6. އަލްފާޟިލާ ތަސްލީމާ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް 7. އަލްފާޟިލް ޢަލީ ޝިހާމް ލީގަލް އޮފިސަރ 8. އަލްފާޟިލް އިސްމާއިލް ޒާހިރު ލީގަލް އޮފިސަރ 9. އަލްފާޟިލް އަޙްމަދު އަސްލަމް ޑިރެކްޓަރ (ފައިނޭންޝަލް އެގްޒެކެޓިވް) 10.އަލްފާޟިލާ ފާތިމަތު ލިމްޔާ އެސިސްޓަންޓް ޑިރެކްޓަރ 11. އަލްފާޟިލް ހާޝިމް އަބޫބަކުރު އެސިސްޓަންޓް ބަޔޯމެޑިކަލް އިންޖިނިއަރ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 އޯގަސްޓު 2020

ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA