ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

22 ޖުލައި 2020 14:30

ނަންބަރު

45

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 45 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެމް.އައި.ޓީ.ޑީ.ސީއިން އަމިއްލަ ކުންފުނިތަކަށް ދޭންވާ ފައިސާ ނުދީ އޮތުމުން އެކަމުގެ މަޢުލޫމާތު ސާފުކުރުމަށާއި އެ ކުންފުނީގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.އެގޮތުން، އެ ކުންފުނީގެ މިހާރުގެ ބޯޑާއި މިނިސްޓްރީ އޮފް ފިނޭންސްއާ އެކު ބައްދަލުކުރައްވުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާޢީދުކުރއްވިއެވެ. އަދި، ކުރީގެ ބޯޑާ ވަކިން ބައްދަލުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާޢީދުކުރެއްވި ކުރެއްވުން ވަނީ 6 ވޯޓާއެކު ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA