ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 11 ވަނަ ބައްދަލުވުން

2 ޖުލައި 2019 14:00 ނަންބަރު 11

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ދެ ހުށަހެޅުއްވުމެއް ކޮމިޓީއަށް ހުށަހެޅުނެވެ. 1. ޤާނޫނުގައި ކަނޑައެޅިފައިވާ ޒިންމާތައް ބޯޑުގެ މެންބަރުން އަދާކޮށްފައިނުވާތީ، އެބޭފުޅުން ބޯޑުގެ މެންބަރުކަމުން ވަކިކުރެވޭ އުޞޫލުގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް އަދި ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ވެސް މިއަދާ ހަމައަށް ހަދާފައިނުވާތީ، އެބޭފުޅުން ވަކިކުރެއްވުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވުމަށް ނުވަތަ މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މި ހުށަހެޅުއްވުމަށް ތާއިދުކުރެއްވިއެވެ. 2. ކޮމިޓީން ބޯޑުގެ މެންބަރުން ވަކިކުރެއްވުމަށް މަސައްކަތެއް ކުރެއްވުމުގެ ކުރިން ބޯޑުގެ މެންބަރުން ކޮށްފައިވާ މަސައްކަތްތައް އެނގޭނެހެން އެ ބޯޑުގެ ޕަރފޯމަންސް އޮޑިޓެއް ހެއްދެވުމަށާއި އެ އޮޑިޓްކޮށް ނިންމައިދެވޭނެ އެންމެ އަވަސް މުއްދަތެއް އަންގަވައިދެއްވުމަށް އޮޑިޓަރ ޖެނެރަލްއަށް ދެންނެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު މި ހުށަހެޅުއްވުމަށް ތާއިދުކުރެއްވިއެވެ. ގިނަ މެންބަރުން 2 ވަނަ ހުށަހެޅުއްވުމަށް ތާއިދުކޮށްފައިވާތީ، އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ކ) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެއްލެވުމަށް އެ ބޯޑަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ތެރެއިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދާތީއާއި މިނިސްޓްރީއާއި ބޯޑުގެ މަސްއޫލިއްޔަތުތައް ފުށުއަރާތީ އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

21 ޖުލައި 2019

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްޢޫލިއްޔަތު އަދާކުރެވިފައިވާ މިންވަރު މުރާޖަޢާކޮށް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA