ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

10 އޯގަސްޓު 2020 14:30

ނަންބަރު

46

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެމް.އައި.ޓީ.ޑީ.ސީއިން އަމިއްލަ ކުންފުނިތަކަށް ދޭންޖެހެ ފައިސާ ދީފައިނުވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މިނިސްޓްރީ އޮފް ފިނޭންސް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖްމަންޓް އަދި ބޯޑު މެންބަރުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ޤާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަބަބުން އެ ބޭފުޅުންނަށް ޕްރޮޖެކްޓަށް ކުރިއަށް ނުގެންދެވުމުގެ ކަންބޮޑުވުމެވެ. އެގޮތުން، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ކޮމިޓީއިން އިސްނަންގަވައިގެން ނަމަވެސް ކުރިއަށް ގެންގޮސްދެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ލ. ބަރެސްދޫ ޕްރޮޖެކްޓާ ގުޅިގެން ރިފަންޑަބަލް ޑިޕޮސިޓް ދެއްކެވި ފަރާތްތަކުގެ ފައިސާ ކުންފުނީގެ ކުރީގެ މެނޭޖްމަންޓުން އެހެނިހެން ބޭނުންތަކަށް ބޭނުންކޮށްފައިވާކަމަށާއި، އެ ފައިސާ ދެއްކުމަށް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް، ފައިސާ ދައްކަމުންދާނެކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ފުރިހަމަ އެއްބާރުލުން ކުންފުންޏަށް ލިބެމުންދާކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކުންފުންޏާއި އިންވެސްޓަރުން އެއްބަސްވުމަކަށް ނާދެވުން އަދި ޤާނޫނީ ގޮތުން ހުރި ކަންބޮޑުވުންތަކެއް ހިމެނޭކަމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA