ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2020 14:00

ނަންބަރު

47

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 47 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް އިންޓަގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދެވި ލ. ބަރެސްދޫ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް، އެކި ފަރާތްތަކުން ދައްކާފައިވާ ޑިޕޮސިޓް ފައިސާ، އެ ކުންފުނީގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކޮށް، ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ރައްދުނުކުރެވިވާ މައްސަލައިގައި ކަންހިނގާފައިވާގޮތް ސާފުކުރެއްވުމަށް، އެ ކުންފުނީގެ އޭރުގެ ބޯޑު މެންބަރުންނާ އެކު ބާއްވާ ބައްދަލުވުން ބާއްވާނެ ތާރީޚަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކުރީގެ ބޯޑު މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުންނަށް 18 އޮގަސްޓް 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވޭކަމަށް ވިދާޅުވެފައިވާތީ، އެ ބައްދަލުވުން މަޖިލިސް ޗުއްޓީއަށްފަހު ބޭއްވުމަށް ނިންމެވިއެވެ. އެއަށްފަހު އައިލެންޑް އޭވިއޭޝަންއާ ގުޅޭ މައްސަލަތައް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް އަންނަނިވި 2 ހުށަހެޅުން އިތުރުކުރެއްވުމަށްފަހު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ފާސްކުރަން ނިންމެވިއެވެ. (7 ވޯޓު) 1. މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލައިފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި، ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި/ ނުނެގުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ދެންނެވުމަށް؛ 2. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެލެވެންސެއް ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަކުރެވޭތީ، އިތުރަށް ނަންގަވާފައިވާ އެލަވަންސް ފައިސާއާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި، އަދި މިކަމާ ގުޅޭގޮތުން ނިންމި ގޮތެއްގެ ތަފްޞީލު ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފޮނުއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އަންގުމަށް؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA