ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2020 14:30

ނަންބަރު

49

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 49 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކުންފުންޏެއް ކަމަށްވާ "ވެމްކޯ"ގެ ބައެއް ރަށްރަށުގެ އޮފީސްތަކުގެ ވެރިން ނިމިދިޔަ ރިޔާސީ އިންތިޙާބުގައި ބައެއް އޮފީސްތައް ސިޔާސީ ފަރާތްތަކަށް ކެންޕޭން ޖަގަހައެއްގެ ގޮތުގައި ބޭނުން ކުރަން ދީފައިވާކަމަށް ތުޙުމަތު ކުރައްވައި، ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މިގޮތުން މި މައްސަލައާ ގުޅޭގޮތުން ކޮމިޓީން އެ ކުންފުނިން މަޢުލޫމާތު ސާފުކުރެއްވުމުން، އެކަހަލަ އެއްވެސް ބާވަތެއްގެ ކަމެއް ހިނގާފައިނުވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވާފައިވާތީ، އެކަމުގައި ކޮމިޓީން ބަލަންޖެހޭ މައްސަލައެއް ނެތްކަމަށް ނިންމާ މައްސަލަ ފައިލްކުރަން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޟުލް ރަޝީދު ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވިއެވެ. އަދި އިތުރު އެއްވެސް މެންބަރަކު އެ ހުށަހެޅުއްވުމަށް އިއުތިރާޒްނުކުރައްވާތީ، އެ މައްސަލަ އެގޮތަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA