ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

6 ސެޕްޓެމްބަރު 2020 13:00

ނަންބަރު

50

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 50 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި،ކްރޯ މޯލްޑިވްސް އެލް.އެލް.ޕީގެ ފަރާތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ޕާރފޯމަންސް އޮޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ދުވަސް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ސިޓީއާމެދު ގޮތެއް ނިންމުމަށް މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފާހަގަކުރެއްވިގޮތުގައި އެފަރާތަށް 3 ވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދޭން ނިންމުމަކީ އެފަރާތަށް ދެވޭ ނާޖައިސް ފައިދާއެއް ކަމަށެވެ. ނަމެވެސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް 13 ސެޕްޓެންބަރު 2020 ވާ އާދީއްތައަށް އިތުރުކޮށްދިނުމަށް އަދި މިއަށްވުރެއް ފަސްކުރެވެން ނެތްކަމަށް އެފަރާތަށް ދެންނެވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރައްވައި އަޢުލަބިއްޔަތުން ފާސްވެފައިވެއެވެ. (5 ވޯޓް)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA