ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

18 އޯގަސްޓު 2020 12:40

ނަންބަރު

48

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމުގައި މެންބަރެއް ކުރެއްވި ސުވާލަކަށް ދެއްވާފައިވާ ޖަވާބާ ގުޅިގެން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޠިރު ޢަބްދުއްރަޙްމާން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާތީ، އެފަރާތުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އަލްފާޟިލް ޝާޠިރު ޢަބްރަޙްމާންއާ މެދު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން އަޅާފައިވާ ފިޔަވަޅަކީ ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފު ނިންމުމަކަށްވާތީ، އެބޭފުޅާއަށް ފިޔަވަޅު އަޅައި ފޮނުވާފައިވާ އެ ކުންފުނީގެ މެމޯ ބާޠިލުކުރެއްވުމަށް އެންގުމަށް ނިންމެވިއެވެ. އަދި މިފަދަ ކަމެއް ހިނގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް މިކަން ގެންނެވުމަށް ސިޓީ ފޮނުއްވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ފެއްޓެވުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކުން ގެންގުޅުއްވާ އުސޫލާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެއްޓެވޭނެ ތާރީޙެއް ހޯއްދެވުމަށް އެދިވަޑައިގެން، އިގްތިޞާދީ ކޮމިޓީން 14 އޮކްޓޫބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލައާ ގުޅޭގޮތުން ބޭންކް އޮފް ބޭންކް އޮފް މޯލްޑިވްސްއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA