ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

19 އޯގަސްޓު 2020 12:00

ނަންބަރު

43

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 43 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި، ތިލަދުންމަތީ އުތުރުބުރީ ހއ.ވަށަފަރު ތުނޑީގައި 50 އަހަރަށް، 300،000 އަކަފޫޓުގެ ބިމެއް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އެފަރާތުގެ ޤާބިލްކަމަށް ބެލުމެއް ނެތިކަމަށް ފާހަގަކުރައްވާ ހުސެއިން ހަނީފް، 12 ނޮވެމްބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައިގައި ކޮމިޓީއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދާފައިވާ މަޢުލޫމާތު އެފަރާތާ ޙިއްޞާކުރެއްވުމަށް ނިންމެވިއެވެ. 2. އދ. ފުށިދިއްގާ (ރަތްދިއްގާ) ގެ މުޢާމަލާތާ ގުޅޭގޮތުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން 13 އޮގަސްޓް 2020 ގައި ފޮނުއްވާފައިވާ ސިޓީގައި، މައްސަލަ ހުށަހެޅުއްވި ފަރާތުގެ ސޮއި ހިމެނިފައިނުވާތީ، މައްސަލަ އަނބުރާ ޢާންމު ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. 3. ބޭންކް އޮފް ސިލޯނުގެ އިސް މުވައްޒަފުން ހިންގާފައިވާ (ގާތްގަނޑަކަށް ޖުމްލަ) 4.1 މިލިއަން ރުފިޔާގެ ވައްކަމާއި މަކަރާއި ހީލަތުގެ ޢަމަލުގެ ޝަކުވާއާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖެއިން ބޭރުގެ ބޭންކްތަކުން ޢަމަލުކުރަމުން އަންނަ މަކަރުވެރި ދޯދިޔާ އުޞޫލާ ގުޅިގެން މުއައްސަސީ ދަރަޖައެއްގައި ފަރުވާ ހޯދައިދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައިގައި ބޭންކް އޮފް ސިލޯނުއާމެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯއާއި، ބޭންކްތައް ރެގިއުލޭޓްކުރައްވާ މުއައްސަސާއެއްގެ ހައިސިއްޔަތުން، މިފަދަ ކަންކަން ނުވާނެގޮތަކަށް އެ އޮތޯރިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްޞީލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހޯދުމަށް ނިންމެވިއެވެ. އަދި އެ އޮތޯރިޓީއާ ގުޅިގެން މައްސަލަ ކުރިއަށް ގެންދަވާނެކަމަށް، މައްސަލަ ހުށަހެޅުއްވި ފަރާތަށް ދެންނެވުމަށްވެސް ނިންމެވިއެވެ. 4. ދާރުއްޒިކުރާގެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޢުލޫމާތު ހޯދުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. 5. އައްޑޫ ސިޓީގެ ނޭޗަރ ޕާކުގެ މުވައްޒަފުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރަމުންދާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، މި މައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް އެ ފަރާތަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެފަރާތަށް ދެންނެވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
13 އޯގަސްޓު 2020 - ބޭންކް އޮފް ސިލޯން އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖެއިން ބޭރުގެ ބޭންކްތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ
13 އޯގަސްޓު 2020 - އދ. ފުށިދިއްގާ (ރަތްދިއްގާ) ގެ މުޢާމަލާތާ ގުޅޭގޮތުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ފޮނުއްވާފައިވާ ސިޓީ
4 އޯގަސްޓު 2020 - ދާރުއްޒިކުރާގެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ ފޮނުއްވާފައިވާ ސިޓީ
4 އޯގަސްޓު 2020 - އައްޑޫ ސިޓީގެ ނޭޗަރ ޕާކުގެ މުވައްޒަފުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރަމުންދާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ
12 ނޮވެމްބަރު 2019 - ތިލަދުންމަތީ އުތުރުބުރީ ހއ.ވަށަފަރު ތުނޑީގައި ބިމެއް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އެފަރާތުގެ ޤާބިލްކަމަށް ބެލުމެއް ނެތިކަމަށް ފާހަގަކުރައްވާ ފޮނުއްވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA