ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

6 އޮކްޓޯބަރު 2020 14:00

ނަންބަރު

51

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ލަސްކަމަށާއި ބައެއް ރަށްރަށުގައި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްނުދާކަމަށް ޝަކުވާލިބެމުންދާތީ، ސްޓެލްކޯ އާ މަޝްވަރާކޮށް މި ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތެއް ބެއްލެވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ސްޓެލްކޯއިން ބޭނުންވާ މަޢުލޫމާތު ހޯދައިގެން ކުރިއަށް ދިއުމަށް ހުށަހެޅި ހުށަހެޅުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާޢީދުކުރައްވައި އެގޮތަށް ކޮމިޓީގެ އިޢުތިރާޒެއްނެތުމުން ނިންމިއެވެ. އަދި، އެމް.އައި.ޓީ.ޑީ.ސީއިން އަމިއްލަ ކުންފުނިތަކަށް ދޭންވާ ފައިސާ ނުދީ އޮތުމުން އެކަމުގެ މަޢުލޫމާތު ސާފުކުރުމަށާއި އެ ކުންފުނީގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން 13 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހު އެކުންފުނީގެ ކުރީގެ ބޯޑު ކޮމިޓީއަށް ޙާޒިރުކޮށް ސުވާލުކުރުމަށް ނިންމެވިއެވެ. އަދި،އެމް.އެމް.ޕީ.އާރު.ސީ ގައި ހުރި މައްސަލަތަކަށް އިޞްލާޙީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެއްލެވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށާއި، ޕީ.އެސް.އެމް އާއި ސްޓެލްކޯގެ ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ ކުންފުނިތަކާ ބައްދަލަކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެހެނިހެން 1. ހުޅުމާލޭގައި ތަރައްޤީކުރައްވާފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޮއްވަވާފައި ގޮތާމެދު ގިނަ ޝަކުވާތަކެއް ލިބެމުންދާތީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA